
އަކްޝަރާގެ ބޭބެގެ ރޯލުން ފެންނަ ސަމީރު މަރުވެއްޖެ
06 އޯގަސްޓް 2020 - 14:37:49
ޔޭ ރިޝްތޭ ހެއިން ޕިޔާރު ކޭގައި އަކްޝަރާގެ ބޭބެ، ޝޯރްޔާގެ ރޯލުން ފެނިގެންދާ، ސަމީރު ޝަރްމާ މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އުމުރުން 44 އަހަރުގެ ސަމީރު މަރުވެފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅެމުން އަންނަ ގޭގައި އަމިއްލަ އަށެވެ.
ސަމީރު ވަނީ ގިނަ އަދަދެއްގެ ޝޯތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ކަހާނީ ގަރް ގަރް އާއި އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫން އަދި އޭކް ބާރު ޕިރް ފަދަ މަޝްހޫރު ޝޯތައް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައި ހުރި މަންޒަރު ފެނުނީ ރޭގެ ވަގުތެއްގަ އެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރުމާއެކު އެތަނަށް ފުލުހުން ދިޔައިރު އެތަނުން އެއްވެސް ކަހަލަ ނޯޓެއް ވެސް ފެނިފައި ނުވާ ކަމަށް ވެސް ބުނެ އެވެ.
އެގޮތުން އޭނާ މަރުވެފައި ވަނީ މީގެ ދެ ދުވަހެއް ކުރިންކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ސަމީރު މަރުވިއިރު އޭނާ އައީ ޔޭ ރިޝްތޭ ހޭއިން ޕިޔާރު ކޭގައި ކޫހޫގެ ބައްޕަގެ ރޯލުގައި މަސައްކަތް ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް