ads
ކަޝްމީރު ޕޯސްޓް އޮފީސް
ކަޝްމީރުގެ އިގްތިސާދު ކުރިއަރުވަން އޮންލައިން ވިޔަފާރި ފުޅާކުރަނީ
ކަޝްމީރުގެ އިގްތިސާދު އަލުން ނަގާ ކޮޅަށް ޖެހުމަށް، އެސަރަހައްދުގެ އެތެރޭގެ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް އިންޑިއާ ސަރުކާރުން މަސައްކަތްތައް ފަށައިފި އެވެ.

ކަޝްމީރުގެ އެތެރޭގެ ވިޔަފާރި ފުޅާކުރުމަށް، އޮންލައިންކޮށް ވިޔަފާރިކޮށްގެން ގަންނަ ތަކެތީގެ ޑެލިވަރީ އަވަސްކުރުމަށް އެ ސަރަހައްދުގެ ޕާރުސަލް ޑެލިވަރީ ހިދުމަތް ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. 

މިދިޔަ ޖެނުއަރީ މަހު ހުޅުވި ޕާރުސަލް ޑެލިވަރީ ހަބަކީ ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައިވާ ތަނެކެވެ. އެގޮތުން ވެއިން މެޝިނަކާއި، ސްޓޯރޭޖްގެ އިތުރުން ހިދުމަތް ދިނުން ފަސޭހަކުރުމަށް އޮންލައިން ސިސްޓަމެއް ވަނީ ގާއިމްކޮށްފަ އެވެ. 

ކޮވިޑް-19 ފެތުރެން ފެށިއިރު މި ތަނުގެ ހިދުމަތް ދޭން ފެށިފައިވުމުން އެކަމުގެ ފަސޭހަ ލިބިގެން ދިޔަކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި މިހިދުމަތަކީ ކަޝްމީރުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޭނުންތެރި ހިދުމަތަކަށް ވެގެން ގޮސްފައިވާ ކަމަށް އެ މީހުން ބުނެ އެވެ. 

ވަޅުޖެހިފައިވާ ކަޝްމީރުގެ އިގްތިސާދު އިތުރަށް ކުރިއަރުވަން އިންޑިއާގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ބުނާއިރު، މިހާރު ކުރިއަށްދާ ސްޕީޑުގައި މަސައްކަތް ގެންގޮސްފިނަމަ އިންޑިއާގެ ކުރިއަރާފައިވާ އެހެން ސަރަހައްދުތަކާ ފައިހަމަކޮށްލެވޭނެ ތަނަކަށް ކަޝްމީރު ވާނެކަމަށްވެސް އެމީހުން ބުނެއެވެ. 

މިދިޔަ އަހަރުގެ އޮގަސްޓް ފަސް ވަނަ ދުވަހު އިންޑިއާގެ މައި ސަރުކާރުން ވަނީ ކަޝްމީރު ހިންގުން މައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް