ads
ޖަމާއަތުގައި ނަމާދުކުރަނީ--
މައިންބަފައިންނަށް ކަމޭހިތުމަކީ މުސީބާތްތަކުން ސަލާމަތްވެ ދުއާ އިޖާބަ ކުރުމުގެ ސަބަބެއް: ހުތުބާ
މައިންބަފައިންނަށް ކަމޭ ހިތުމަކީ ނަބީބޭކަލުންގެ ހުލްގުފުޅެއް ކަމަށާއި އެއީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ހާސިލުކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަަބަބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މައިންބަފައިންނަށް އިހްސާންތެރިވެ ހެޔޮކޮށް ހިތުމަށް މިއަދުގެ ހުކުރު ހުތުބާ ހާއްސަކުރެވިފައިވާއިރު ހުތުބާގައި ބުނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދިރިއުޅުން ރަނގަޅުވެގެންދާނެ ކަމެއް ކަމަށާއި އަދި ހިތްހަމަޖެހުމާއި އުފާވެރިކަން ވެސް ގެނުވާނެ ކަމެއް ކަމަށެވެ. 

މައިންބަފައިންނަށް ކަމޭހިތުމަކީ ދީލަތިކަމުގެ ސިފައެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ އެކަމަކީ ސުވަރުގެއަށް ވެސް ވާސިލުވެވޭނެ މަގެއް ކަމަށެވެ. 

ހުތުބާގައި ބުނީ ނަބިއްޔާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ގޮތުން އެމީހެއްގެ މައިންބަފައިން މުސްކުޅި ހާލުގައި ތިއްބާ އަޅާނުލާއި މީހުންނަކީ ސުވަރުގެ ނުވަދެވޭނެ މީހާ އެވެ. 

އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާއި އިހުސާންތެރިވެ އޯގާތެރިވުމަކީ މާތްﷲ ގެ ހަޟުރަތުގައި ލޮބުވެތިކަން ބޮޑު ސިފައެއް ކަމަށާއި އެކަމަކީ މާތްﷲ ގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ސިފައެއް ކަމަށެވެ. 

ހުތުބާގައި އިތުރަށް ބުނީ ކީރިތި ގުރުއާނުގައި ވަނީ މައިންބަފައިންގެ ދަރަޖަ އާއި އެ މީހުންގެ އަދަބު އިހުތިރާމު އަދާކުރަންވީ ގޮތް ބަޔާންކޮށްފައި ކަމަށާއި އެ ދެމީހުން ނުވަތަ އޭގެ ތެރެއިން އެކަކު ކަމުގައި ވިޔަސް މުސްކުޅި އުމުރާ ބައްދަލުކުރާ ހިނދު، ކައިރީގައި ތިބޭ ދަރީން މައިންބަފައިންނަށް އަޅާލާ، އޯގާތެރިވާންޖެހޭނެ ކަމަށް އަންގަވާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް