ads
ކުރެންދޫ ގެއަކަށް ފެންވަދެފައި-- ފޮޓޯ:އެމްއެންޑީއެފް
ވިއްސާރައިގައި ކުރެންދޫ 11 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް
ޅ. ކުރެންދޫއަށް ބޯކޮށްވާރޭވެހި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށްވާރޭވެހި ކުރެންދޫގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން އަންނަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. 

ކުރެންދޫ ކައުންސިލުގެ މެމްބަރު ފަރްހަނާޒް މުހައްމަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ރަށުގެ 11 ގެއަކަށް ފެން ވަދެ، އެކި ކަހަލަ ގެއްލުންތައް ވަނީ ލިބިފަ އެވެ. އެގޮތުން ބައެއްގޭގެ ހިފާ ގެންގުޅޭ ސާމާނާއި ފްރިޖާއި ބެޑްރޫމް ސެޓަށް ވެސް ފެނުގެ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ފަރްހަނާޒް ވިދާޅުވި ގޮތުގައި ރަށުގައި އެހާ ބޮޑަށް ފެން ބޮޑުވީ، މިއަދު ހުކުރު ފަހުން ހުއްޓާ ނުލާއި ވަރަށް ބޯކޮށް ވާރޭވެހުމުންނެވެ. 

އެރަށުގެ އިތުރުން މިއަދު ވަނީ ހދ. ކުޅުދުފުއްޓަށް ވެސް ވައިގަދަވެ ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން ގެއެއްގެ ފުރާޅުން ބައެއް އެއްލާލައިގެން މިއަދު ހެނދުނު ރިޕޯޓްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެހާދިސާއާ ގުޅިގެން ވެސް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްކޮށް އުޅޭއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންނަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް