ފޯނު ފަދަ މޯބައިލް ޑިވައިސްތަކުގައި ހުންނަ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވުމަށް 'ކޮންޑަމެއް' ތައާރަފުކޮށްފިއެވެ.

Advertisement
ފޯނު ފަދަ މޯބައިލް ޑިވައިސްތަކުގައި ހުންނަ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވުމަށް 'ކޮންޑަމެއް' ތައާރަފުކޮށްފިއެވެ.
'ޔޫއެސް ބީ ކޮންޑަމް' ގެ ނަމުން މަޝްހޫރު މި ޑިވައސްގެ މާކެޓު ނަމަކީ 'ސިންކު ސްޓޮޕް' އެވެ.
ކުޑަ ޕެންޑްރައިވެއް ފަދަ މި ޑިވައިސް އިން ފޯނު ޓެބްލެޓް ފަދަ ތަކެތި އެހެން މީހުންގެ ލެޕްޓޮޕާއި، ކޮންޕިއުޓަށް ޗާޖަށް ޖެހުމުން އޭގައި ހުންނަ މައުލޫމާތު ލީކުވުން ހުއްޓުވުމަށް މި ޑިވައިސް އެހީތެރިވެދެއެވެ. އެގޮތުން ފޯނުގެ ޔޫއެސްބީ ވާގަނޑުގައި ހުންނަ ޑޭޓާ ޕިންތައް ބްލޮކްލައެވެ.
މީގެ ޑިވައިސްތައް 'ސިންކް ސްޓޮޕް' ވެބްސައިޓުން އޮންލައިންކޮށް 12 ޑޮލަށް އޯޑަރުކޮށްލެވެއެވެ.
"އާންމުތަންތަނުގައި ހުންނަ ޔޫއެސްބީ ޕޯޓަށާއި އެހެން މީހުންގެ ލެޕްޓޮޕަށް ފޯނު ޗާޖަށް ޖަހާއިރު އޭގައި ހުންނަ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވަން މިޑިވައިސް ބޭނުން ހިފޭނެ. މިއީ ސޮފްޓުވެއާއި ބްލޮކްކުރުމަށްވުރެ ކަށަވަރުކަން އިތުރުކުރެވޭނެގޮތެއް" ސިންކު ސްޓޮޕްގެ މާކެޓިން އޮފިޝަލަކު ވިދާޅުވިއެވެ.
މި ޑިވައިސް ވިންޑޯސް، އެންޑްރޮއިޑް، އެޕަލް އަދި ބުލޫބެރީ ޑިވައިސްތަކުގައި ބޭނުންކުރެވެއެވެ.