ads
ކުރެންދޫގައި ފެން ބޮޑުވެފައި--
މިއަދުވެސް ބޯކޮށް ވާރޭވެހި ކުރެންދޫގެ 20 ގެއަކަށް ފެންވަދެއްޖެ
ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގެ 20 ގެއަކަށް ފެންވަދެ، ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ ފަތިހުން ފެށިގެން ކުރެންދޫއަށް ކުރަމުންދާ ވިއްސާރައިގައި އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، 20 ގެއަކަށް ފެންވެދައިވެ އެވެ. 

އަދި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ، ނައިފަރު ފަޔާ ސްޓޭޝަންގެ ސިފައިން ކުރަމުން އަންނަ ކަމަށް ވެސް ބުނެ އެވެ. 

އިއްޔެ ވެސް ކުރެންދޫގައި ފެންބޮޑުވެ، 11 އަކަށް ވަނީ ފެންވަދެފަ އެވެ. އަދި ފެން ހިންދުމުގެ މަސައްކަތް ސިފައިން ކޮށްފައިވެ އެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް މިއަދު ވަނީ އުދަވެސް އަރާފަ އެވެ. އަދި މިހާރު ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް