ads
ކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެެއިން-- ފޮޓޯ: ސީއެންއެމް
ބޮޑު ޗުއްޓީގައި ނައިޓް މާކެޓް ބޭއްވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މާލޭ ސިޓީގައި ނައިޓްމާކެޓް ބާއްވަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.
Advertisement
ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މާލޭ ސިޓީގައި ނައިޓްމާކެޓް ބާއްވަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ސިޓީ ކައުންސިލުން ވަނީ އެކަމަށް ޝައުގުވެރިވާ މީހުން، ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައެވެ. އެކަމަކު މި މަހުގެ ހަތަރުވަނަ ދުވަހު، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު އެކަމަށް އެދިފައި ވަނީ އެންމެ ދެ ފަރާތަކުންނެވެ. އެހެންކަމުން އަލުން އެ ފުރުސަތު ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.

ނައިޓް މާކެޓް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު ސިޓީ ކައުންސިލުން ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ސިޓީ ކައުންސިލް އިދާރާގަ ކަމަށެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ނައިޓް މާކެޓް ބޭއްވުމަށް ހުޅުވާލާފަ ކަމަށެވެ. އެގޮތުން ކުރިން ކުރި އިއުލާނުގައި ވަނީ ނައިޓް މާކެޓް ބާއްވާ ދުވަސްތަކުގައި ކޮންމެ ފަރާތަކަށް ގިނަވެގެން ހަތް ދުވަހަށްވުރެ އިތުރުނުވާނޭ ގޮތުގެ މަތިން ނައިޓް މާކެޓް ބޭއްވުމަށް ފުރުސަތު ދީފައެވެ.

ސިޓީ ކައުންސިލުން ވަނީ ނައިޓް މާކެޓް ބޭއްވުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެ އުސޫލުގައިވާ ގޮތުން ނައިޓް މާކެޓް ބާއްވަން ހުއްދަ ދޭނީ ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ކުރިން ޝައުބާން މަހުތެރެއާ ކޮންމެ އަހަރެއްގެ ސްކޫލް ބޮޑު ޗުއްޓީ ތެރޭގައި ކަމަށް ވަނީ ކަނޑައަޅާފައެވެ.

ނައިޓް މާކެޓު މާލޭގައި ބޭއްވޭނެ ވަކި ދުވަސްތަކެއް ސިޓީ ކައުންސިލުން ކަނޑައެޅިއިރު އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ނައިޓްމާކެޓު ބޭއްވުމަށް ދޫކުރާ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ވެސް ގެޒެޓްކޮށްފައެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، މަގުމަތީ ބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރަތަކުގައި ނުވިކި ހުންނަ މުދަލެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް