ads
މައުރޫފް ހައްޔަރުކޮށްގެން ގެންދަނީ: ފޮޓޯ/ ރާއްޖެ ޓީވީ
މެމްބަރު މައުރޫފްގެ ބަންދަށް 5 ދުވަސް ޖަހާފި
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑު ކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި ކުރަމުން ދިޔަ މުޒާހަރާއިން ހައްޔަރުކުރި މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު، މައުރޫފް ޒާކިރު ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާދީފިއެވެ.
Advertisement

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މައުރޫފްގެ މައްޗަށް ފުލުހުން ވަނީ ތިން ތުހުމަތެެއް ކޮށްފައެވެ. އެ ތުހުމަތުތަކީ ކަނޑުދަތުރުކުރުމަށް ހުރަސްއެޅުމާއި ކޯސްޓް ގާޑަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމެވެ. 

އެހެންނަމަވެސް މި ތުހުމަތުތަކަށް މައުރޫފް ވަނީ މިއަދުގެ ބަންދުގެ މަޖިލީހުގައި އިންކާރުކޮށްފައެވެ. 

ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާތަކާއި ގުޅިގެން މައުރޫފްގެ އިތުރުން އިތުރު ދެ މީހަކުވެސް ހައްޔަރުކުރިއެވެ. އެ ދެމީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހާދީފައެވެ.

މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ ގޮތުގައި ހިމެނޭ އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މައުރޫފް ކޯޓަށް ހާޒިރުކުރި އިރު، އޭނާ ނިސްބަތްވާ އިިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި މަސްވެރިން ވެސް ކޯޓު ދޮށަށް އެއްވެ، އެންމެން މިނިވަންކުރަން ގޮވާލަމުން ދިޔައެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނު 09:00 ޖެހިއިރުއެވެ. ކަންނެލި މަސްވެރިން އިހްތިޖާޖުކުރަމުން ދިޔައީ ދޯނިތައް މާލޭގެ އުތުރު ފަރާތު ފަޅު ބޭރުގައި އަަޅައިގެން އޭގައި ތިބެގެންނެވެ. 

މި އިހްތިޖާޖާއި ގުޅިގެން ފުލުހުން މައުރޫފާއި އިތުރި ދެމީހުން ހައްޔަރުކުރީ އިއްޔެ މެންދުރުފަހު އެ ދޯނިތަކަށް އަރައެވެ. އަދި އެ އިހްތިޖާޖުގައި ބޭނުންކުރި ދެ ދޯންޏެސްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް