މި ޕޮލިސް ސްޓޭޝަން ހުޅުވާދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.
މިކަމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިހްސާބް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮމްމެ ރަށެއްގައި ފުލުހުންގެ މަރުކަޒު ބިނާކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިވަގުތުވެސް 140 އަށްވުރެ ގިނަ މަރުކަޒުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި ތަންތަން ނިންމާ ކުރިއަށްއޮތް ދެ އަހަރާއި ބައިގެ ތެރޭގައި ހުޅުވާ ހިދުމަތް ފަށާނެކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ރ. މާކުރަތު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގައި ގޭންގު ކުށްތައް ނައްތާލުމާއި، ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ކުޑަކުދިން ކުށުގެ މާހައުލައް ވަންނަމުން ދާ ދިއުން ހުއްޓުވުމާއި ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ.
ރ. މާކުރަތު ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މީ މި ސަރުކާރު ވެރިކަމަށް އައިސް ބިންގާ އެޅި ފުލުހުންގެ މަރުކަޒުތަކުގެ ތެރެއިން ހުޅުވި ދެވަނަ މަރުކަޒެވެ.