ads
ފުޑީޒް: މާލޭގެ އިތުރުން ވިލިމާލޭގައި ޑެލިވަރީ ހިދުމަތް ދޭ.
"ފުޑީޒް" ލޯންޗް ކޮށްފި، މިހާރު މާލޭގެ އިތުރުން ވިލިމާލޭގައި ވެސް ހިދުމަތް ދޭ!
އުފެއްދުންތެރި ދިވެހި ޒުވާނުންތަކެއް ހިންގަމުން އަންނަ ލޫޕްކްރާފްޓް އާއި ލޮޖިސްޓިކްސް ކުންފުންޏެއް ކަމަށްވާ ރެޑްބޮކްސް ގުޅިގެން އޮންލައިން ކޮށް ކާނާ އަށް އޯޑަރު ކުރެވޭ ގޮތަށް ހަދާފައިވާ "ފުޑީޒް" އެޕް ލޯންޗްކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.

އުފެއްދުންތެރި ދިވެހި ޒުވާނުންތަކެއް ހިންގަމުން އަންނަ ލޫޕްކްރާފްޓް އާއި ލޮޖިސްޓިކްސް ކުންފުންޏެއް ކަމަށްވާ ރެޑްބޮކްސް ގުޅިގެން އޮންލައިން ކޮށް ކާނާ އަށް އޯޑަރު ކުރެވޭ ގޮތަށް ހަދާފައިވާ "ފުޑީޒް" އެޕް ލޯންޗްކޮށް، ހިދުމަތް ދޭން ފަށައިފި އެވެ. 

މިދިޔަ މަހުގެ 15 ވަނަ ދުވަހު ހިދުމަތް ދޭން ފެށި ފުޑީޒް އެޕް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޭގަަައި ތިބެގެން ކެއްކުމުގެ ވިޔަފާރި ކުރާ މީހުންނާއި، ރެސްޓޯރަންޓުތަކުގެ އިތުރުން ބޭކަރީތަކުން ލިބޭ ކާނާ އަށް އޮންލައިންކޮށް އޯޑަރު ކުރެވޭނެ އެވެ.

އޭގެ އިތުރުން ފުޑީޒް އަކީ އޮންލައިން ކޮށް ކާނާ އަށް އޯޑާރު ކުރެވޭ ގޮތަށް ވިލިމާލޭފައި ހިދުމަތްދޭ ފުރަތަމަ ޑެލިވަރީ ސާވިސް އެވެ. ފުޑީޒް އިން ބުނީ މާލޭގެ އިތުރުން ވިލިމާލޭގައި ހިދުމަތް ދެމުން އަންނަ އިރު، ވަރަށް އަވަހަށް ހުޅުމާލެ އަށް ވެސް ހިދުމަތް ފުޅާކުރާނެ ކަމަށެވެ. 

"ފުޑީޒް" ގައި ފާހަގަކޮށްލެވޭ ކަންތައްތައް:

  • ފަސޭހަ ކަމާއިއެކު ބޭނުން ތާކުން އޯރޑަރު ކުރެވި ގެއަށް ގެނެވުން!
  • ގިނަ ޑިސްކަައުންޓުތަކާއި ޕްރޮމޯޟަންތަށް ހިންގުން!
  • ވަގުތުން އޯރޑަރު ޓުރެކް ކުރެވުން!
  • ފަސޭހަކަމާއެކު ނަގުދު ފައިސާ ބޭނުން ނުކޮށް އެޕް މެދުވެރިކޮށް ބީ.އެމް.އެލް އިން ފައިސާ ދެއްކޭނެ!


"އެޕް މެދުވެރިކޮށް ކާން ބޭނުންވާ އެއްޗެއް ސެލެކްޓް ކުރުމަށް ފަހު ޕޭމަންޓް ވެސް އޮންލައިންކޮށް ހެދޭނެ. އޯޑަރު ދިނުމުން ހުރިހާ އަޕްޑޭޓެއް ވެސް އޮންލައިން ކޮށް ފެންނާނެ. ކާ އެތި ގެއަށް ޑެލިވަރީ ކުރަން އަންނަ ތަން ރިއަލް ޓައިމް ކޮށް ބަލައިލެވޭނެ،" ފުޑީޒް އިން ބުނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުޑީޒް ޓީމް ހަރަކާތްތެރި ހެލްތު ޕްރޮޓެކްޝަންގެ މިންގަނޑުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށާއި، ޑެލިވަރީގައި އުޅޭ މީހުން ވެސް އެ އުސޫލުތަކަށް އަމަލު ކުރާ ކަން ޔަގީން ކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ޒުވާން ހީވާގި ޑެލިވަރީ ޓީމުގައި ހިމެނެނީ މުޅިން ވެސް ދިވެހިންނެވެ.

your imageފުޑީޒް ޑެލިވަރީ ޓީމް: ހިމެނޭނީ ހުސް ދިވެހި ޒުވާނުން.

"އަޅުގަނޑުމެންގެ އެޕް ލޯންޗު ކުރެމާއި އެކު ވަރަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައި. އަޅުގަނޑުމެންގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއި އެކު، ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތްތައް ދިނުން،" ފުޑީޒް އިން ބުނެ އެވެ.

ފުޑީޒްގެ ހިދުމަތް ހޯދުމަށް، އަވަހަށް އެޕްލިކޭޝަން ޑައުންލޯޑް ކޮށްލާށެވެ! އެޕަލް ފޯނުތަަކަށް އަދި އެންޑްރޮއިޑް ފޯނުތަކަށް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް