ads
ބޮޑު ވަޒީރު ހަސަން ދިއާބް--
ބެއިރޫތު ގޮވުން: ލުބުނާނުގެ ސަރުކާރު އިސްތިއުފާދީފި
ލުބުނާންގެ ވެރިރަށް، ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާއި ހިނގި ހާދިސާއާއެކު، ސަރުކާރާއި ދެކޮޅާއި އާންމުން ކުރި މުޒާހަރާ ކުރަމުންދަނިކޮށް ލުބްނާންގެ ސަރުކާރު އިސްތިއުފާދީފި އެވެ.

ގައުމީ ޓީވީގައި މިއަދު އެކަން އިއުލާންކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ހަސަން ދިއާބް އެވެ.

އެގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ކެމިކަލް ގުދަން ގޮވާފައި ވަނީ ސަރުކާރުގެ ފަރުވާކުޑަކަމުންނެވެ. 

ބެއިރޫތުގެ ޕޯޓު ސަރަހައްދުގައި ހުރި ގުދަން ގޮވާފައި ވަނީ މީގެ ހަ އަހަރުކުރިން އެތަނުގައި ބެހެއްޓި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުންނެވެ. އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާއި އެތަނުގައި އެ ސަމާނު ބަހައްޓާފައި ހުރިއިރު މިމަހުގެ ހަތަރު ވަނަ ދުވަހުގެ އިރުއޮއްސެނިކޮށް ވަނީ އެ ސަރަހައްދު ގޮވާއި ބޮޑު ގެއްލުމެއް ވެސް ލިބިފަ އެެވެ. 

އެކަމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފަ އެވެ.

ބެއިރޫތުގައި ހިނގި އެ ހާދިސާގައި 220 މީހަކު މަރުވެފައިވާ ކަމަށް ބީބީސީގައި ރިޕޯޓްކުރެ އެވެ. އަދި ގެއްލުނު މީހުންގެ އަދަދު 110 އަށް އަރާފައިވާ ކަމަށް ވެސް ރިޕޯޓްކުރެ އެވެ. އެގޮތުން ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނާއި ލޮރީ ޑްރައިވަރުން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ބުނެ އެވެ. 

އެހާދިސާއާއެކު އާންމު ރައްޔިތުން ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު ވަންނާނެ ގެދޮރެއް ނެތި މަގުމަތިވި މީހުންގެ އަދަދު ތިން ލައްކައާ ގާތް ކުރާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް