ads
ފޮޓޯ: އެމްޓީސީސީ
ކޮމަންޑޫ ބަނދަރުގެ 73 އިންސައްތަ ނިންމައިލައިފި
ށ. ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 73 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ތެރެއިން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. 

މިހާރު ކުރިއަށް ދަނީ އިން ފާރު ލުމާއި އި ކެޕް ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ނެވެ. 

މޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގެ އަށް ވަނަ ދުވަހު އެމްޓީސީސީ އިން ފަށާފައިވާއިރު، މި މަޝްރޫއަށް 29.41 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

ކޮމަންޑޫ ބަނދަރުގެ ބޮޑު ބައެއް މިހާރު ނިމިފައި ވާއިރު، އެމްޓީސީސީ އިން ވަނީ އެކުންފުނިން ގދ. ތިނަދޫގައި ހުރި އައިސްޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުވެސް މިހާރު ނިންމާލާފަ އެވެ. އަދި ސ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ މިހާރު ފަށާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް