ads
މަހާނަގާތަށް ސެޕްޓެންބަރު މަހުގެ 15 ގެ ކުރިން ނެގުމަށް ވަނީ އަންގާފަ—
އާސަހަރާގައި ހުރި މަހާނަަ ގާތަށް ނެގުމަށް އަންގައިފި
މައްޗަންގޮޅީ އާސަހަރާގައި ހުރި މަހާނަ ގާތަށް ނެގުމަށް ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އެތަނުގައި ހުރި މަހާނަތަކުގެ ތެރެއިން މަހާނާގައި، “މަހާނަގާ” ޖަހާފައިވާ ފަރާތްތަކުން، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ގާތަށް ނެގުމަށްފަހު، އެތަކެތި ގެންދިއުމަށް އަންގާފައެވެ.

ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގައި ނުނަގާ ހުންނަ މަހާނަ ގާތަށް އެ އިދާރާގެ ފަރާތުން ނަގާ އެތަކެތި ނައްތާލާނެ ކަަމަށެވެ.

މީގެއިތުރުން ސިޓީ ކައުންސިލުން ބުނީ މަހާނަގާތަށް ނެގުމުގެ މަސައްކަތް ކުރަންވާނީ ކަމާބެހޭ އިދާރާގެ ސްޕަވައިޒަރާ ފޯނުން ގުޅުމަށްފަހު (7994565) ސްޕަވައިޒަރު އަންގާގޮތެއްގެ މަތިންކަމަށެވެ.

ސިޓީ ކައުންސިލުން މައްޗަންގޮޅީ އާސަހަރާގެ މަހާނަތަކުގެ ތެރެއިން މަހާނާގައި، “މަހާނަގާ” ޖަހާފައިވާ ފަރާތްތަކުން އެއެއްޗެހި ނެގުމަށް އަންގާފައި މިވަނީ، މައްޗަންގޮޅީ އާސަހަރާގެ ހުޅަނގު ދެކުނު ބަޔާއި ދެކުނު ފަރާތު މެދު ބަޔަށް ވެލި އެޅުމުގެ މަސައްކަތް، މިއަހަރުގެ ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހުގައި ފެށުމަށް ހަމަޖެހިފައިވާތީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް