ބިއްލެއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ ހިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ސީޒޯން ލައިސަންސް ދޫކުރުމުގެ ހުއްދަ އެއިދާރާއަށް ލިބިފައިވާ ކަމަށެވެ.
އެއްގަމު ލައިސަންސްގެ ހިދުމަތް ދިނުން މިމަހުގެ 16 ވާ އާދިއްތަ ދުވަހުން ފެށިގެން އެ އިދާރާއިން ދޭނެކަމަށް ބިއްލެއްދޫ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ އަންނަ އާދީއްތަ ފެށިގެން ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެއްގަމު ލައިސަންސް ދޫކުރުމުގެ ހިދުމަތް ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި މިކަމާއިގުޅޭ އިމްތިހާނު ދިނުން މިދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 އަށް ކުރިއަށްގެންދެވޭނެ ކަމަށްވެސް ބިއްލެއްދޫ ކައުންސިލުން ބުނެއެވެ.
ބިލެއްދޫ ކައުންސިލުން އިތުރަށް ބުނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:00 މެންދުރުފަހު 14:00 އަށް ލައިސަންސް ދޫކުރުމަށް ބޭނުންވާ ފޯމް އެއިދަރާއިން ދޫކުރާނެކަމަށެވެ.
ލައިސަންސް ފޯމުގައި އުޅަނދުތަކަށް ލައިސަންސް ދޫކުރާ އަގުތަށް ކަނޑައަޅާފައި ވާއިރު އޭގެ އިތުރުން ދެ ފުރޮޅުލީ އުޅަނދުފަހަރަށް 25 ރުފިޔާ އަދި ހަތަރު ފޮރޮޅުލީ އުޅަނދުފަހަރަށް 35 ރުފިޔާ ބިލެއްދޫ ކައުންސިލުން ނަގާއިރު ދުއްވުމުގެ އިމްތިހާނުގައި ބޭނުންކުރާ އުޅަނދު ހޯދާނީ އެ ބައިވެރިޔަކު އަމިއްލައަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.