އެމްޑަބްލިއުއެސްސީ އާއި ޕޮލިޓެކްނިކްއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
05 ޑިސެމްބަރ 2019 - 21:52:53
ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނެފައިވަނީ، އެ ކުންފުނިން މިހާރު ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތްތަކަކީ އެ ކުންފުނިން ހާއްސަ އިސްކަމެއްދީގެން ވަރަށް ފުރިހަމައަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކެއް ކަމުގައެވެ. އަދި އެފަދަ ނިޒާމްތައް ބެލެހެއްޓޭނީ ދާއިރާއިން ފަންނީ މީހުން ތަމްރީން ކޮށްގެން ކަމަށް އެމްޑަބްލިއުއެސްސީ އަށް ޤަބޫލުކުރެވޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ޕޮލިޓެކްނިކް އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައި ވަނީ އެދާއިރާތަކުން މީހުން ތަމްރީން ކުރުމަށްކަމަށް ވެސް އެމްޑަބްލިއުއެސްސީއިން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމު ކުރަމުން އަންނަ އެންމެ ބޮޑު އެއް ކުންފުންޏަކީ އެމްޑަބްލިއުއެސްސީ އެވެ. އަދި އެކުންފުނިން މިހާތަނަށް 16 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމު ކޮށްފައިވާއިރު 26 ރަށެއްގައި ނަރުދަމާގެ ނިޒާމް ޤާއިމު ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް