ads
ބީޓީއެސްގެ ލަވައަކަށް ނެށި އުތުރު ކޮރިއާގެ ސިފައިންތަކެއް ހައްޔަރުކޮށްފި
ދެކުނު ކޮރިއާގެ އައިޑަލް ގްރޫޕެއް ކަމަށްވާ ބީޓީއެސް ގެ ލަވައަކަށް ނެށުމުގެ ސަބަބުން އުތުރު ކޮރިއާގެ ސިފައިންތަކެއް ހައްޔަރުކޮށްފި އެވެ.
Advertisement

ހަބަރުތައް ބުނާ ގޮތުން އުތުރު ކޮރިއާގެ ޒުވާން ތިން އަސްކަރީ އޮފިސަރުން ހައްޔަރު ކޮށްފައި ވަނީ ދެކުނު ކޮރިއާގެ ނުފޫޒުފޯރުވަނީ ކަމަށް ބުނެ އެވެ. 

އުމުރުން 20 އަހަރާ ގާތްކުރާ މި ތިން އޮފިސަރުން ހައްޔަރުކޮށްފައި ވަނީ މައުންޓް ބެކްޑޫ ގައި ދެކުނު ކޮރިއާގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ޓުއާ އެއްގަިއ ބީީޓީއެސްގެ "ބްލަޑް ސްވެޓް އެން ޓިއާސް" އަޑު އަހަނިކޮށެވެ. 

އެ ތިން އޮފިސަރުން ވަނީ އެ ލަވަ އަޑު އަހައި ލަވައަށް ނަށާފައި ކަމަށް ހަބަރުތައް ބުނެ އެވެ. އަދި މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެ ޓުއާ ގައި ބައިވެރިވި ހުރިހާ އޮފިސަރުން ޖެހި ސަކަރާތުގެ ތެރެއިން ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. 

މިއާއި އެކު އެ ޓުއާ ގައި ބައިވެރިވެފައިވާ މުޅި ޔުނިޓް މިހާރު ވަނީ ސްޓޭޓް އޮފް އެމަޖެންސީ އަށް ލާފައި ކަމަށް ބުނެ އެވެ. އަދި މިގޮތަށް ނިންމީ އެ ހުރިހާ އޮފިސަރުންގެ ވިސްނުމަށްވެސް މިހާރު ހުރީ ދެކުނު ކޮރިއާގެ ނުފޫޒު ފޯރާފައި ކަމަށް ބުނެ އެވެ. 

އުތުރު ކޮރިއާގެ ސިފައިންތަކެއް ބީޓީއެސްގެ "ބްލަޑް ސްވެޓް އެން ޓިއާސް" އަޑު އަހައި އެއަށް ނަށާފައި ވާއިރު، އެލަވައަށް ޔޫޓިއުބުން ވަނީ 613 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ. އެ ލަވަ ރިލީޒް ކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް