ads
ދުނިޔޭގެ އެންމެ އަގު ބޮޑު މާސްކް--
މިއީ ދުނިޔޭގެ އެންމެ އަގު ބޮޑު މާސްކް، އަގު އުޅެނީ 1.5 މިލިއަން ޑޮލަރުގައި!
ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށް ޑޮކްޓަރުން އަންނަނީ އިރުޝާދު ދެމުންނެވެ. އެއީ ސާޖިކަލް މާސްކެއް ނުވަތަ ފޮތި މާސްކެއް ނަމަވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ. އެކަމަކު މަހުޖަނުން ރަނުން މާސްކް ހެދުމަށް މިދޭ އޯޑަރުތަކާއެކު އެމީހުންނަށް މިދަނީ ބޮޑު ސަމާލުކަމެއް ވެސް ލިބެމުންނެވެ.

މީގެ ކުރިން މި ސަމާލުކަން ދަމައިގަތީ އިންޑިއާގެ ރައްޔިތެކެވެ. އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ، ޝަންކަރު ނަމަކަށް ކިޔާ މީހަކު ރަން މާސްކެއް އަޅަމުން އަންނައިރު އެ މާސްކް އެޅިޔަސް ބަލިން ރައްކާތެރިވާނެކަމުގެ ޔަގީންކަން ވެސް ނެތްކަމަށް އޭނާ ވަނީ ކުރިން މީޑިއާއަކަށް ބުނެފަ އެވެ. އެ ރަން މާސްކުގެ އަގަކީ 2.8 ލައްކަ ރުޕީސް ކަމަށް އޭނާ ބުނެފައިވެ އެވެ. 

އެކަމަކު މިފަހަރު މިއީ އެއަށް ވުރެ އެތައް ގުނައެއް އަގު ބޮޑު މާސްްކެއްގެ ވާހަކަ އެވެ. އިސްރާއީލުގެ ގަހަނާ އުފެއްދުންތެރިއަކަށް މިވަނީ އެމެރިކާގެ ކްލައިންޓެއްގެ ފަރާތުން 1.5 މިލިއަން ޑޮލަރުގެ މާސްކެއް އުފެއްދުމަށް އޯޑަރެއް ލިބިފަ އެވެ. 

18 ކެރެޓް ރަން ބޭނުންކޮށްގެން ހަދަމުން އަންނަ އެ މާސްކް ހެދުމުގައި 3600 ކަޅު އަދި ހުދު ޑައިމަންޑު ވެސް ބޭނުން ކުރަމުން އަންނަ ކަމަށް އެ އޯޑަރު ލިބުނު އީވެލް ޖްވެލަރީ ބްރޭންޑުގެ ވެރިޔާ، އައިޒެކް ލެވީ ބުނެ އެވެ. އަދި ރައްކާތެރިކަން އިތުރުކޮށްދިނުމުގެ ގޮތުން އެ މާސްކުގައި އެން99 ފިލްޓާ ހުންނާނެ ހަރުކޮށްފައި ހުންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

your imageމާސްކް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ--

އޭނާ އިތުރަށް ބުނީ، އެ މާސްކް ސުޕަމާޓްތަކަށް ދާއިރު އަޅާނެ ކަމަށް ނުބެލެވޭ ކަމަށާއި އެކަމަކު އެކި ތަންތަނުގައި މާސްކް ބޭނުންކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. 

އީވެލްގެ ވެރިޔާ އިތުރަށް ބުނީ އެ އޯޑަރުދީފައި ވަނީ އެމެރިކާގައި އުޅޭ ޗައިނާގެ ރައްޔިތެއް ކަމަށެވެ. އެގޮތުން ބެލެވޭ ގޮތުގައި މާސްކްގެ މަސައްކަތް ނިންމާއި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ހަވާލުކުރެވޭވަރުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ މާސްކް ތައްޔާރުކުރަމުން އަންނަނީ 25 މީހުންގެ ޓީމަކުންނެވެ.

ކޮވިޑާއެކު މާސްކަށް އޮންނަ ޑިމާންޑް ބޮޑުވެފައިވާއިރު ތަފާތު އެކި ޑިޒައިންތަކުގެ މާސްކްތައް ވެސް ދަނީ އުފައްދަމުންނެވެ. އަދި ޑިޒައިނަރުން އަންނަނީ ވެޑިން ކަލެކްޝަނުގެ ތެރޭގައި ވެސް މާސްކް ހިމަނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް