ads
ރޯޔަލް ޑަޗް ޝެލް.-- ފޮޓޯ: ރޮއިޓާސް
ކޮވިޑް އާ ގުޅިގެން ދެ ވަނަ ކުއާޓަރުގައި ޝެލްގެ ފައިދާ 82 ޕަސެންޓް ދަށްވެއްޖެ
ތެޔޮ ވިއްކާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރޯޔަލް ޑަޗް ޝެލް އަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ލިބުނު ފައިދާ، ކޮވިޑް-19 އާ ގުޅިގެން 82 ޕަސެންޓް ދަށްވެފައިވާ ކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ހިސާބުތައް އެ ކުންފުނިން ހާމަކޮށްފައިވާއިރު، ވަން-ޓައިމް އައިޓަސްމް އާއި ކުންފުނީގެ އިންވެންޓްރީގެ އަގަށް އައިސްފައިވާ ބަދަލުތައް ނުހިމަނާ އެޖަސްޓެޑް ޕްރޮފިޓްގެ ގޮތުގައި 638 މިލިޔަން ޑޮލަރު ލިބިފައި ވެއެވެ. މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރު ނިމުނު އިރު އެ ކުންފުނީގެ ފައިދާ އުޅުނީ 3.42 ބިލިޔަން ޑޮލަރުގަ އެވެ.

ނަމަވެސް ކޮވިޑް އާ ގުޅިގެން އެނާޖީ އިންޑަސްޓްރީގެ ޑިމާންޑް ވަރަށް ބޮޑަށް ވެއްޓުމާއި ގުޅިގެން ޗާޖެއްގެ ގޮތުގައި ޝެލް އިން 16.8 ބިލިޔަން ޑޮލަރު ނެގުމުން އާމްދަނީ އަށް ވުރެ ހަރަދުތައް ބޮޑުވެ ނެޓް ލޮސް އެއްގެ ގޮތުގައި 18.1 ބިލިޔަން ވަނީ ޖެހިފަ އެވެ. 

އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ މި ވަގުތަކީ އެ ކުންފުންޏަށް އިންތިހާ އަށް ދަތިތައް ކުރިމަތިވެފައިވާ ވަގުތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަލާނީ ހަރަދުތައް ވީހާވެސް ކުޑަކޮށް، ކުންފުނީގެ މާލީ ހިސާބުތައް ހަމައަކަށް އެޅުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް