ads
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ރާއްޖެއާ އިންޑިއާގެ ކޮޗިން އާ ދެމެދު ފެރީގެ ހިދުމަތްކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ފަށަނީ
ކޮޗިންނާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު މިނިސްޓަރު ޝާހިދު ވަނީ އެކަމާއި ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. 

ކާގޯ ފެރީގެ ހިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއްް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު، އިންޑިއާގެ ކޮޗިންއާ ހދ. ކުޅުދުއްފުއްޓާއި ދެމެދު ޕަސިންޖަރުންނާއި މުދާ އުފުލާ ފެރީގެ ހިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. 

މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު ވިދާޅުވީ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ކުރިއަށް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމުގެ މައުލޫމާތު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ދެއްވާފައިވާ ކަމަށެވެ. 

މިއަދު އިންޑިއާ އިން ވަނީ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅާލާއި މަޝްރޫއުގެ ކުރިއަށް ގެންދިއުމަށް ވެސް 500 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފަ އެވެ. އެގޮތުން އިންޑިއާ ސަރުކާރުންދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް