ads
ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި އަބްދުﷲ ޖިހާދު--
ޖިހާދާއި މުނައްވަރަށް ދައުވާކުރަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

ޖިހާދާއި މުނައްވަރުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި އޭރު ހުންނެވި ހުސެއިން ލިލާރުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށްވެފައިވާ ޖޮންއިން ވެންޗާ އެއްބަސްވުންތަކުގެ ދަށުން ސޮއިކޮށްފައިވާ ހަތް އެއްބަސްވުމެއްގެ ދަށުންނެވެ. 

ސަރުކާރު ހިއްސާވާ އެކުލެވޭ ގޮތަށްވި އެ އެއްބަސްވުމުގެ ދަށުން ވަނީ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމާއެކު އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލާ ދޫކޮށްލަން ޖެހޭ ގޮތަށް "ޕުޓް ރައިޓް އޮޕްޝަން" ހިމަނާފައި ކަމަށް ވެސް ބުނެ އެވެ.

އެ ބޭފުޅުންގެ މައްޗަށް، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރި ދައުވާގެ އިތުރުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި ގާނޫނުގައި ހުއްެދަކޮށްފައި ނުވާ ކަމެއް ކުރުމުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް