ads
ރާޅުގަނޑު ސަރަހައްދު ސިޓީ ކައުންސިލްއިން ސާފް ކުރަމުންދަނީ——
އުދައަރަމުންދާ ސަރަހައްދު ސާފުކުރަން ފަށައިފި
އުދައަރަމުންދާ ސަރަހައްދު މާލެ ސިޓީ ކައުންސިލުން ސާފްކުރަން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދު ސާފުކުރަމުންދަނީ އުދައިގެ ސަބަބުން މަގުމައްޗަށް އަކިރި އަރާފައިވާތީ އެވެ. 

 


މިއަދު ހެނދުނު މާލޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުުވެފައިވެ އެވެ.

އުދައިގެ އަސަރު ވަނީ ސިނަމާލެ ބްރިޖް ސަރަހައްދާއި ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަހައްދާއި ކާނިވާ ސަރަހައްދަށް ވެސް ކޮށްފަ އެވެ.

your imageރާޅުގަނޑު ސަރަހައްދު ސިޓީ ކައުންސިލްއިން ސާފް ކުރަމުންދަނީ—-_

މިރޭ 08:00 މާދަމާ ރޭ 08:00 އަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މޫސުން ލަފާކުރާގޮތަށް ބަލާއިރު އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ އެވެ. އަދި އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ އެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުންގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. 

އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް މެޓް އިން ބުނެއެވެ.

އޭގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އިން ބުނެ އެވެ.

ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓުގައި ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް