ads
ހަނގުރާމަވެރިންތަކެއް ކަޝްމީރުގައި ދެ ފުލުހަކު މަރާލައިފި
އިންޑިއާގެ ކަޝްމީރުގައި ހިނގި ހަމަނުޖެހުމެއްގައި ހަނގުރާމަވެރިންތަކެއް ދެ ފުލުހަކު މަރާލައިފި އެވެ.

ހުކުރު ދުވަހު ކަޝްމީރުގައި ހިނގި އެ ހަމަނުޖެހުމުގައި ދެ ފުލުހުން މަރާލާފައިވާ އިރު، އިތުރު ފުލުހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. 

ކަޝްމީރުގައި ހިނގި މި ހަމަނުޖެހުން ހިނގާފައި މިވަނީ އިންޑިއާގެ މިނިވަން ދުވަސް އައުން ވަރަށް ކައިރިވެފައި ވަނިކޮށެވެ. 

ކަޝްމީރު ފުލުހުންގެ ޗީފް، ވިޖޭ ކުމާރު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ކަޝްމީރުގެ ހަނގުރާމަމަތީ ބަޔަކު ހުކުރު ދުވަހު ކަޝްމީރުގެ ސްރީނަގަރް ސިޓީގެ ނައުގަމް އޭރިއާގައި ޑިއުޓީ އަދާކުރަމުން ދިޔަ ފުލުސް އޮފިސަރުންނަށް ހަމަލާދީފައިވާ ކަމަށެވެ. 

އެ މީހުން ފުލުހުންނަށް ހަމަލާދީފައި ވަނީ ހިމަ ގޯޅިއަކުން އައިސް ނުފެންނަ ގޮތަށް ތިބެގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުހުން ތިބީ ވެސް އެމީހުން ހަމަލާދީފާނެތީ އެކަމަަށް ތައްޔާރުވެގެން ކަމަށް ވެސް ވިޖޭ ކުމާރު ވިދާޅުވި އެވެ. 

ވިޖޭ ކުމާރު ވިދާޅުވީ ފުލުހުންނަށް ހަމަލާދިން މީހުން މިހާރު ހޯދާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ މީހުން "ނިއުޓްރަލައިޒް" ކުރާނެ ކަމަށެވެ. 

އެ ސަރަހައްދު މިހާރު ބަންދުކޮށްފައި ވާއިރު، ކަޝްމީރު ފުލުހުން ދަނީ އެ ސަރަހައްދު ބަލާއި ފާސްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް