ads
ފޮޓޯ: ޓްވިޓާ
ހޯރަފުށި އެއާޕޯޓްގެ މަސައްކަތް އޮކްޓޫބަރު މަހު ނިންމޭނެ: އެމްޓީސީސީ
ހއ. ހޯރަފުށި ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ ހޯރަފުށި އެއާޕޯޓު ތަރައްގީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ކަމަށެވެ. 

އެގޮތުން ކޮމްޕެކްޓާ، ޑަބަލް ޑްރަމް އަދި އެހެން ސާމާނު އެރަށަށް ގެންގޮސްފައި ވަނީ އިއްޔެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. 

އެމްޓީސީސީ އިން ބުނީ ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ކުރުމަށް ކޮވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށާއި އޮކްޓޫބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހޯރަފުށި އެއާޕޯޓް ގައި 1200 މީޓަރުގެ ރަންވޭއަކާއި 8635 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަށް ގާއިމް ކުރާނެ އެވެ. އަދި 9473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާއި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުން ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 842200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހޯރަފުށިން ހިއްކާ ނިންމާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެވެ. އަދި 1120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްގެ މަސައްކަތް މި އަހަރުގެ މާޗް މަހު އެމްޓީސީސީ އިން ވަނީ ނިންމާލައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް