ads
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު --
ޑްރައިވަރު ގާސިމް މަރާލި ސަރަހައްދު އަލި ކޮށްދިނުމަށް އެދިއްޖެ
ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މާރާލާފައި އޮތް ސަރަހައްދު އަލިކޮށް ދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެދިވަޑައިގެންފިއެވެ.
Advertisement
ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މާރާލާފައި އޮތް ސަރަހައްދު އަލިކޮށް ދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެދިވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ރޭ ޑްރައިވަރު ގާސިމް މަރާލި ސަހަރައްދަކީ މީގެކުރިންވެސް އެފަދަ ލާއިންސާނީ އަމަލެއް ހިންގާފައިވާ ސަރަހައްދެއް ކަމަށެވެ.

"އެ ސަރަހައްދަކީ ދެވަނަ ފަހަރަށް ހަމަ މިފަދަ ހިތާމަވެރި ހާދިސާއެއް ނުވަތަ ލާއިންސާނީ އަމަލެއް ހިންގި ސަރަހައްދެއް، ސަބަބަކަށް ވެފައި މި އޮންނަނީ ވަރަށް އަނދިރި ސަރަހައްދެއް އެއީ ތަކުރާރުކޮށް އެ ސަރަހައްދު އަލި ކުރުމަށާއި އަނދިރިކޮށް ހުންނަ ސަރަހައްދުތަކަށް ހާއްސަ ސެކިއުރިޓީއެއް ދިނުމަށް ހުޅުމާލޭގައި ދިިރުއުޅޭ ރައްޔިތުންގެ ފަރާތުން އަޅުގަނޑު ސަރުކާރުގައި އެދެން،" އަލީ ނިޔާޒު ވިދާޅުވިއެވެ.

ޑްރައިވަރު ގާސިމް ހަސަން މަރާލީ ހުޅުމާލެ ރީތިގަސް މަގުގައެވެ. ގާސިމް ހަސަންގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހުއެވެ.

ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ގާސިމްގެ ކަރަށް ވަރަށް ބޮޑަށް ޒަހަމްތައްވެފައި ވާއިރު އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ރޭ 21:07 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ. އެގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ހުޅުލެ އާއި މާލެ އަދި އެއާޕޯޓް ސަރަހައްދުގެ ވެހިކަލްތަކާއި މީހުން ވެސް ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެ މަރުގެ މައްސަލަ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އޮފް އިންވެސްޓިގޭޝަނުން މިހާރު ތަހުގީގު ކުރަމުން އަންނައިރު އެކަމުގައި ތުހުމަތު ކުރެވޭ މީހާ، ހޯދުމަށް ފޮރެންސިކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް