ads
ސޯނޫ ސުއޫދު--
39 ކުދިންނަށް ލިވާ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ސޯނޫ ހޯދައިދީފި
ބޮލީވުޑްގެ ތަރި ސޯނޫ ސޫދު 39 ކުދިންގެ ލިވާ ޓްރާންސްޕްލާންޓް ހެދެމުގެ ފުރުސަތު ހޯދައިދީފި އެވެ.

ސޯނޫ ބުނީ މި 39 ކުދިން ވެސް ގެންނަނީ ފިލިޕީންސް އިން ކަމަށެވެ.  

އެ ކުދިންގެ އޮޕަރޭޝަން ހެދުމަށް އެކުދިން ގެންނަނީ އިންޑިއާގެ ވެރިރަށް ދިއްލީ އަށެވެ. އަދި މި ހުރިހާ ކުދިންނަކީ އުމުރުން އެއް އަހަރާ ފަސް އަހަރުގެ ކުދިންނެވެ. 

ސޯނޫ މި ކުދިން އިންޑިއާ އަށް ގެންގޮސް ފަރުވާދޭން ނިންމާފައިވާކަން ހާމަކުރީ ޓްވީޓާގައި އޭނާ ޓެގްކޮށް މީހަކު ކޮށްފައި އިން ޓްވީޓަކަށް ޖަވާބު ދެމުންނެވެ. 

ސޯނޫ ވަނީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި ހާލުގައި ޖެހި މަގުމަތިވި އެތައް މީހުންނަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

އެގޮތުން އާއިލާތަކާއި ދުރުގައި ތިބި އެތައް ބަޔަކު އާއިލާތައް ގާތަށް ގެންގޮސް ދީފައި ވާއިރު، އެންމެ ބޭނުން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން އަވަހަށް ނިމުމަކަށް އައިސް ހުރިހާ އެންމެންވެސް އެމީހުންގެ އާންމު ދިރިއުޅުމަށް ގޮސް އުފަލުގައި އުޅެން ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް