ފަޅު ރަށްތަކުގެ ވަރުވާ ދެއްކުމުގެ މުއްދަތު މިމަހު ހަމަވަނީ
05 ޑިސެމްބަރ 2019 - 10:13:07
އަންނަ އަހަރަށް ފަޅު ރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހު ހަމަވާތީ އެ ފައިސާ އޭގެ ކުރިން ދެއްކުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަޅު ރަށްރަށުގެ ވަރުވާ ދައްކަން ޖެހޭނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަމަށާއި އެގޮތުން ވަރުވާ ދައްކަން އަންނައިރު އެ ރަށެއް ލިޔެދީފައިވާ ފަރާތުގެ އައިޑީކާޑު ނުވަތަ އައިޑީ ކާޑުގެ ކޮޕީއެއް ވެސް ގެންދަން ޖެހޭ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ފަޅު ރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ވެސް ވަރުވާ ދެއްކޭނެ އެވެ.
އޭގެ އިތުރުން މުއްދަތު ހަމަވާއިރު ވެސް ވަރުވާ ނުދައްކާ މީހުންނާ މެދު އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފިޝަރީޒް މިނިސްޓްރީން ވަނީ ފަޅު ރަށްތައް ވަރުވާއަށް ދޫކުރުން މެދުކަނޑާލާފަ އެވެ. އެގޮތުން މިނިސްޓްރީން ބުނީ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން އާންމުކޮށް އިއުލާނުކޮށްގެން ފަޅު ރަށްތައް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ވަރުވާ އަށް ރަށްތައް ހޯދަން ހުށަހަޅާ އެކަމުގެ އެއްބަސްވުމުގައި ޖެނުއަރީ 22 އާ ހަމައަށް ސޮއިނުކޮށް ހުރި ރަށްރަށުގެ އެއްބަސްވުންތައް އެކުލަވާލުން ވެސް މަޑުޖައްސާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެ އެވެ.
ވަރުވާއަށް ރަށްތައް ދޫކުރުން ފިޝަރީޒް މިނިސްޓްރީން މިއަދު މެދުކަނޑާލި އިރު، ސަރުކާރުން ވަނީ އެކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ވަނީ އެކި ކަންކަމަށް ރަށްތައް ދޫކުރުން ކައުސިލްތަކަށް ދޫކޮށްލުމަށް ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ.
ވަރުވާ އަށް ރަށްތައް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލި އިރު، ޓޫރިޒަމް މިނިސްޓްރީން ވަނީ ބިޑް ކުރުމާ ނުލާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ރިސޯޓް ތަރައްގީ ކުރަން ރަށްތައް ދޫކުރަމުން ދިޔަ އުސޫލަށް އަމަލު ކުރުން ވެސް މެދުކަނޑާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް