ads
އިހަވަންދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ/ ފޮޓޯ:އެމްޓީސީސީ
އިހަވަންދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝަރޫއުގެ ދަށުން އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 22 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

އެގޮތުން ބަނދަރު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ އިރު، އެ މަސައްކަތުގެ ވެސް 46 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. 

އެމްޓީސީސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން ހިއްކަން ނިންމާފައިވާ ކަމަށެވެ. 

އަދި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވެސް މަޝްރޫއުގެ ދަށުން ހަމަޖެހިފައިވާ އިރު، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގައި ހިމެނޭ ކަމަށް އެމްޓީސީސީ އިން ފާހަގަކުރެ އެވެ. 

އެމްޓީސީސީ އިން އިތުރަށް ބުނީ އެ މަޝްރޫއުގެ ދަށުން 4,582 ސްކުއެއާ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ފާއިތުވި އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުންނެވެ. މިއީ 51.72 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް