ads
ސ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ/ ފޮޓޯ: އެމްޓީސީސީ
މީދޫ ބަނދަރު މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ
ސ. މީދޫ ބަނދަރު ތަރައްގީކުރުމުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ އެ މަޝްރޫއުގެ 71 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. 

އެކުންފުނިން ބުނީ އެ މަޝްރޫއުގެ ތެރެއިން އެއްގަމު ތޮށީގައި ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކެޕިން ބީމްގެ މަަސައްކަތް ކަމަށާއި އެ މަސައްކަތުގެ ވެސް 52 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. 

އޭގެ އިތުރުން، މީދޫ ބަނދަރު ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 61،396 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ފާހަގަކުރެ އެވެ. އަދި 115 މީޓަރުގެ ސަރައްހަދެއްގައު ބޮޑު ގަލުން ބޭރު ތޮށި ލުމުގެ މަސައްކަތާއި 621 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީ އިން ބުނެ އެވެ. 

އެމްޓީސީސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން އެ ރަށުގެ 3،150 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހާއި ރޭމްޕް އެޅުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރެވުނު މަސައްކަތެކެވެ. 

އެ މަޝްރޫއުގެ މަސައްކަތް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެ ކުންފުނިން މޮބަލައިޒް ކޮށްފައިވާ އިރު، އެ މަޝްރޫއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެމްޓީސީސީ އިން ލަފާކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް