ads
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)--
ޓީއެމްއޭ ގަތުމަށް ބެއިން ނަގާފައިވާ ލޯނު ދެއްކުމަށް އެއްމަހުގެ މުއްދަތެއް
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގަތުމަށް ބެއިން ކެޕިޓަލް އިން ނަގާފައިވާ ލޯނާ ގުޅޭ ކަންތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް މި މަހުގެ ނިޔަލަށް ފުރުސަތު ދީފި އެވެ.

ރޮއިޓާސް ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓީއެމްއޭ ގަތުމަށް އެކުއިޒޭޝަންގެ ގޮތުގައި ބެއިން ކެޕިޓަލް އިން 305 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ.

ލޯނާ ގުޅޭ ކަންތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް މިހާރުވަނީ މި މަހުގެ ނިޔަލަށް ފުރުސަތު ދީފިއެވެ.

އެ ލޯނު ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އެ ކުންފުންޏަށް އާމްދަނީ ލިބޭ މަގުތައް ބަންދުވުމުންނެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޓީއެމްއޭގެ ބަހެއް ހޯދުމަށް ސީއެންއެމް އިން ގުޅުމުން ޓީއެމްއޭއިން ބުނީ އެ މަސައްލައިގައި އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާގޮތުގައިި ބެއިން ކެޕިޓަލުން ވެސް މިކަމުގައި ކޮމެންޓެއް ދޭން ބޭނުމެއްނުވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިން ކޮވިޑާ ގުޅިގެން ދިމާވި މާލީ ދަތިތަކާއެކު ވަނީ މުވައްޒަފުން މަދުކޮށް، މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް