ads
ގިޓަރިސްޓް ޖެކް ޝާމަން--
ރެޑް ހޮޓް ޗިލީ ޕެޕާޒްގެ ގިޓަރިސްޓް ޖެކް ޝާމަން މަރުވެއްޖެ
ރެޑް ހޮޓް ޗިލީ ޕެޕާޒްގެ ގިޓަރިސްޓް ޖެކް ޝާމަން އުމުރުން 64 އަހަރުގައި މަރުވެއްޖެ އެވެ.

ބޭންޑުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ އެކަން ހާމަކޮށްފަ އެވެ. ޝާމަން ރެޑް ހޮޓް ޗިލީ ޕެޕާޒްއާ ގުޅިފައި ވަނީ 1984 ގައެވެ. 

އޭނާ ވަނީ ބޭންޑުން ކުރި ފުރަތަމަ ޓުއާގައި ބައިވެރިވެ، ބޭންޑުގެ ދެވަނަ އަލްބަމްގެ ލަވަތައް ލިޔުމުގައި ބައިވެރިވެފަ އެވެ. 

އޭގެ އިތުރުން އޭނާ ވަނީ ބޮބް ޑިލަން އަދި ޖޯޖް ކްލިންޓަން ފަދަ މަޝްހޫރު ފަންނާނުންނާއެކު ވެސް މަސައްކަތް ކޮށްފަ އެވެ.

ޝާމަން މަރުވާން ދިމާވި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް