ads
ޖިއާ އާއި ސޫރާޖު--
ޖިއާގެ މަރާ ގުޅިގެން ކީފާޑުކިޔުމާއެކު ސޫރަޖު އިންސްޓަގްރާމްއާ ދުރަށް!
ބޮލީވުޑުގެ ތަރި ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު އެންމެ ފާޑުކިޔުމާއި ކުރިމަތިލާން ޖެހިފައިވާ އެއް ތަރިއަކީ ސޫރަޖް ޕަންޗޯލީ އެވެ. އެއީ ސުޝާންތުގެ މަރާއި ސޫރަޖުގެ ކުރީގެ ލޯބިވެރިޔާ ޖިއާ ހާންގެ މަރުގައި ވެސް އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ބުނެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ޖިއާ މަރުވެފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅެމުން އައި އެޕާޓްމަންޓުގަ އެވެ. އެކަމަކު ޖިއާ މަރުގެ މައްސަލައިގައި ސޫރަޖުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި އޭނާގެ މައްސަލަ ވެސް ފުލުހުން ބަލަމުން އައިއިރު އެމަރަށް ހަތް އަހަރު ފާއިތުވި ނަމަވެސް ސޫރަޖަށް ކިޔާ ފާޑުކިޔުން މަދެއް ނުވެ އެވެ. 

ވަރަށް ފަހުން ސޯޝަލް މީޑިއާގައި ވަނީ އޭނާ ފިލާ ހުރީ ބައްޕަގެ ފައިސާގެ ފަހަތުގައި ކަމަށް ބުނެ ވެސް ފާޑުކިޔާފަ އެވެ. 

މިފަހަރު ސޫރަޖު މިވަނީ ފާޑުކިޔުންތަކާއެކު އޭނާގެ އިންސްޓަގްރާމު ޕޯސްޓްތައް ޑިލީޓްކޮށްފަ އެވެ. ސޫރަޖު ބުނީ އޭނާ ހާސްވާ ކަމަށެވެ. އެގޮތުން ކަންކަން ރަނގަޅުވުމުން އަނބުރާ އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. 

ސޫރަޖުގެ އިންސްޓަގްރާމުގައި މިހާރު އިނީ އޭނާއަށް އުމުރުން 28 އަހަރު ފުރުނު ދުވަހު ލާފައިވާ ފޮޓޯ އެކަންޏެވެ. މިދިޔަ އަހަރު ޕޯސްޓްކުރި އެ ފޮޓޯއަކީ އޭނާ ފާޅުކަން ބޮޑު ގޮތެއްގައި ޖިއާގެ މަރާއި ގުޅިގެން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. 

އޭނާ ވަނީ މިއޮއްހާ ދުވަހު އޭނާއަށް މީހުން ކުރަމުންދާ ތުހުމަތުތަކުގެ ހަގީގަތް އެނގޭނެ ދުވަހަކަށް ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން އަސަރުކާރާ ކަމަށް ވެސް ވަރަށް ފަހުން ބުނެފައިވެ އެވެ. 

ސޫރަޖު ބުނީ މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން އޭނާގެ މަންމައަށް ހީވެފައި އޮންނަނީ އޭނާ އަމިއްލަ ނަފްސަށް ގެއްލުންދީފާނެ ކަމަށެވެ. އެގޮތުން ސުޝާންތުގެ މަރަށް ފަހު، އޭނާގެ މައިންބަފައިން ވަނީ އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ ވާހަކަ ދެއްކުމަށް އެދިފައި ކަމަށް ސޫރަޖު ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް