ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނު ނަމަވެސް، ބަޔަކު އޭނާ މަރާލީ ކަމަށް ކުރެވޭ ތުހުމަތާއެކު މިހާތަނަށް ވަނީ ސިދާރްތް ޕިތާނީ، ނީރަޖް އަދި ދިޕޭޝް ސާވަންތާ ސުވާލުކޮށްފަ އެވެ.
ސުޝާންތު ދިރިއުޅުނު ބަންދްރާ ހައުސްއަށް ފޮރެންސިކް ތަޖުރިބާކާރުންގެ ޓީމެއް މިއަދު ދިޔައިރު، މާދަމާގެ ވަގުތެއްގައި އޭނާގެ ލޯބިވެރިޔާއާ ސުވާލުކުރާނެ ކަމަށް ބެލެވެ އެވެ.
ޓައިމްސް ނައު އިން ރިޕޯޓުކުރާ ގޮތުގައި އެ މަރުގައި އެންމެ ގިނަ މީހުން ތުހުމަތުގެ އިނގިލި ދިއްކުރަމުންދާ ސުޝާންތުގެ ލޯބިވެރިޔާ އަދި އެކްޓަރު ރިއާ ޗަކްރަބޮޓީއާ ސުވާލު ކުރާނީ މާދަމާ އެވެ.
ސުޝާންތުގެ ބައްޕަ ފުލުހަށް ހުށަހަޅާފައިވާ މައްސަލާގައި ވެސް ރިއާއަށް ތުހުމަތުކޮށްފައި ވެއެވެ. ރިއާގެ އިތުރުން ތުހުމަތު ކުރެވޭ ބައެއް އެހެން މީހުންނާ ވެސް މާދަމާ ސުވާލު ކުރާނެ ކަމަށް ވެއެވެ.