ads
ރ. ވަންދޫ ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ
ރ. ވަންދޫ ފަޅު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި
ރ. ވަންދޫ ބަނދަރު މަރާމާތު ކުރުމާއި ފުންކުރުމުގެ މަޝްރޫއުގެ ތެރެއިން ފަޅު ފުން ކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ.

‏މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ވަންދޫ ބަނދަރު މަރާމާތު ކުރުމާއި ފުންކުރުމުގެ މަޝްރޫއުގެ 35 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށެވެ. 

އެގޮތުން އެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ. 

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 26 އޮގަސްޓް 2019 ގައެވެ. އަދި މި މަޝްރޫއަށް ހޭދަވާނެ ކަމަށް ލަފާކޮށްފައި ވަނީ 5.99 މިލިއަން ރުފިޔާ އެވެ. 

މީގެ އިތުރުން ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް