ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ހަސަން ސާއިދަށް، ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

Advertisement
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ހަސަން ސާއިދަށް، ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސާއިދާއި ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސާއިދު ހޯއްދެވި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވި އެވެ.
އޭގެ އިތުރުން މިއީ މި މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ސާއިދު ދައްކަވަމުން ގެންދަވާ ހިތްވަރަށް ސާބަސް ދެއްވައި އޭނާ ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
ސާއިދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ރައީސް ވަނީ އެ ގޮތުގައި ދެމިހުންނެވުމަށް އިރުޝާދު ދެއްވައި ކުރިއަށް އޮތް ތަނުގައި ގަދައަޅައި މަސައްކަތް ކުރެއްވުމަށް އޭނާއަށް ހިތްވަރު ދެއްވާފަ އެވެ.
ސާއިދު ރަން މެޑަލް ހޯދާފައި ވަނީ 100 މީޓަރު ރިލޭ ދުވުމުގަ އެވެ. ސާކްގެ ހަތް ޤައުމުން އެތުލީޓުން ވާދަކުރާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ކުރިއަށް ދަނީ ނޭޕާލްގަ އެވެ.
ރަން މެޑަލްގެ އިތުރުން ސާއިދު ވަނީ މިއަދު އޮތް 200 މީޓަރު ދުވުމުން ލޯ މެޑަލް ވެސް ހޯދާފަ އެވެ.