އެ ފޮޓޯގައި ފެންނަނީ އައިޝާ އާއެކު އޭނާގެ ދެ ދަރިން، ޓައިގާ އާއި ކްރިޝްނާ އެވެ. އެ ފޮޓޯއަށް ފޭނުން ގިނަ ކޮމެންޓުތަކެއް ދަނީ ކުރަމުންނެވެ.
ކޮމެންޓުތަކުގެ ތެރޭގައި ޓައިގާގެ ލޯބިވެރިޔާ ކަމަށް އަޑުއަރާފައިވާ ދިޝާ ޕަޓަނީގެ ކޮމެންޓު ފާހަގަކުރެވެ އެވެ. އޭނާ ވަނީ އެ ފޮޓޯ "ސޯ ކިއުޓް" ކަމަށް ބުނެފަ އެވެ.
ޓައިގާ އާއި ދިޝާގެ ގުޅުމާ ބެހޭ ގޮތުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު އެ ދެ މީހުން އެކުގައި ޑޭޓުތަކަށް ގޮސް ހަދާ މަންޒަރު ވަނީ ފެނިފަ އެވެ.
ޓައިގާ ދެން އެންމެ އަވަހަށް ފެންނާނީ "ހީރޯޕަންތީ 2" އިންނެވެ. އަދި ދިޝާ ދެން ފެންނާނީ ސަލްމާން ހާން އާއެކު "ރާދޭ: ޔޯ މޯސްޓް ވޯންޓަޑް ބާއީ" އަދި މޯހިތު ސޫރީގެ "އޭކް ވިލެން 2" އިންނެވެ.