ads
އޭޓީއެމް އިން ފައިސާ ނަގަނީ---ފޮޓޯ:ބީއެމްއެލް
ބައެއް ބޭރު ޕްލެޓްފޯމުތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކުރުން ހުއްޓާލައިފި
ބޭރުގެ ބައެއް ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ އެކައުންޓަށް ޖަމާކޮށްދިނުން ބީއެމްއެލުން ހުއްޓާލައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމްތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށެވެ. 

އެގޮތުން ބޭރުގެ ޑިޖިޓަލް ވޮލެޓާއި އެއް ފަރާތަކުން އަނެއް ފަރާތަކަށް އެފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ކަމަށް އުސޫލަށް ގެނައި ބަދަލުގައި ވެއެވެ. 

ބީއެމްއެލުން ބުނީ މިއަދުން ފެށިގެން "ވިސާ ޑައިރެކްޓް" އަދި "މާސްޓަކާޑް ސެންޑް" ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ވަނީ ހުއްޓާލަފައިވާ ކަމަށެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިން އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ. 

މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުން ކަމަށް ބޭންކުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް