ads
ވީ--
ބީޓީއެސް، ވީގެ ހޭޝްޓެގަށް ޓިކްޓޮކުން ދިހަ ބިލިއަން ވިއުސް ލިބި ތާރީހުގެ ތެރެއަށް!
ޒުވާނުންގެ މެދުގައި މަގްބޫލު ކޭ-ޕޮޕް ބޭންޑް "ބީޓީއެސް" ގެ ކިމް ތައެހްޔަންގް ނުވަތަ އާންމުންގެ މެދުގައި މަޝްހޫރު ނަމުންނަމަ "ވީ" އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ކޮރެއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ، އޯލް ކޭޕޮޕްގައި ރިޕޯޓުގައި ކުރާ ގޮތުގައި އެންމެ ދެ ހޭޝްޓެގާއެކު ވީ މިވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އެގޮތުން ޓިކްޓޮކް މެދުވެރިކޮށް ވީގެ ދެ ހޭޝްޓެގަށް މިވަނީ ދިހަ ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

އޭނާގެ ހޭޝްޓެގަކީ "ވީ" އާއި "ތައެހްޔަންގް" އެވެ. އެ ދެ ހޭޝްޓެގަށް ވެސް ދިހަ ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބި ވީ ވެފައި މިވަނީ ދުނިޔެއިން އެ ކާމިޔާބީއަށް ވާސިލުވި ފުރަތަމަ އާޓިސްޓަށެވެ. 

އުމުރުން 24 އަހަރުގެ ވީގެ ގިނަ ވީޑިއޯތަކެއް މީގެ ކުރިން ވެސް ޓިކްޓޮކްގައި ވައިރަލްވެފައިވެ އެވެ. މިއަހަރުގެ ކުރީކޮޅު ވަނީ އޭނާގެ ގުޑްބޯއި ޗެލަންޖަށް ވެސް ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އާންމުންގެ މެދުގައި ވީ މަގްބޫލުވީ "ބީޓީއެސް" އިންނެވެ. ބީޓީއެސްއަކީ ސައުތުކޮރެއާގެ ހަތް ފިރިހެން ކުއްޖެއްގެ މައްޗަށް އެކުލެވިގެންވާ ގްރޫޕެކެވެ. 2013 ވަނަ އަހަރު އެ ގްރޫޕް އުފެދިގެން އައިއިރު އޭރުއްސުރެ ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން އައީ ހޯދަމުންނެވެ. 

ވީގެ އިތުރުން ވެސް އެ ގްރޫޕުގައި ހިމެނޭ އެހެން ތަރިންނަށް ވެސް މަގްބޫލުކަން ބޮޑެވެ.

އެންމެ ފަހުން އެ ގްރޫޕުން ނެރުނު ލަވަ "ޑައިނަމައިޓް" އަކީ ވެސް ހިޓުވި ލަވަ އެކެވެ. ލަވަ ނެރުނުތާ މިވީ ފަސް ދުވަހުގެ ތެރޭގައި 209 މިލިއަނަށް ވުރެ ގިނަ ވިއުސް އެ ލަވައަށް ލިބިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް