އެމްޓީސީސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ނިންމާލާފައިވާ ކަމަށާއި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ އެ ރަށަށް ގެންގޮސްފައި ވަނީ އޮގަސްޓް 25 ގައި ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 72،800 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 2،825 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 68.66 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފަ އެވެ. އެމްޓީސީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 29 ނޮވެމްބަރު 2019 ގައެވެ.