ads
ފޮޓޯ: ކޭއޯ
ކުޅުދުއްފުށީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އަޅަން ބިން ހަމަޖައްސައިދީފި
ކުޅުދުއްފުށީ ސިޓީގައި ތަރައްގީކުރަން ނިންމާފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހަދަން ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައިފި އެވެ.
Advertisement

ޓާޝަރީ ހޮސްޕިޓަލު އެޅުމަށް 130،493 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައި ވަނީ އެރަށު ހިއްކި ސަރަހައްދުންނެވެ. 

އެ ރަށުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. 

ހޮސްޕިޓަލު އިމާރާތް ކުރުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ތަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށާއި ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރަން ނިންމާފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓާ ހަދަން ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައިދީފި އެވެ. ކުޅުދުއްފުށި ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކުޅުދުފުއްޓަކީ ޖުމްލަ 10،150 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ އިތުރުން ހއ. ހދ އަދި ށ. އަތޮޅުގެ މީހުން ސިއްހީ ހިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު އެރަށަށް ދަތުރުކުރެ އެވެ. ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 310 މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ. އަދި އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 19 މީހުން ފަރުވާއަށް މާލެ ފޮނުވަން ޖެހެ އެވެ.

އެ ހޮސްޕިޓަލުގެ ހިދުމަތާ މެދު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު އެ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެސް ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް އިންޑިއާ ނިމްސް ހޮސްޕިޓަލާ ހަވާލުކޮށްފަ އެވެ. ޖުމްލަ 150 އެނދުގެ މޮޅު ހޮސްޕިޓަލަކަށް އެތަން ހެދުމުގެ ވިސްނުމުގައި ޖޫން 21، 2017 ގައި ނިމްސް އާ ހަވާލުކުރީ އެއް އަހަރާއި ހަތަރު މަހުގެ ތެރޭގައި މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަށް ބަދަލު ކުރަން ނަމަވެސް ކުންފުނީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހި އެއްބަސްވުން އުވާލަން ޖެހުނެވެ.

މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަމުން އަންނަނީ ހެލްތު މިނިސްޓްރީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް