ads
ފޮޓޯ: ސަން
އަލިފާންރޯވި ސަރަހައްދުގައި ހުންނަ ޑޮލަރު އޭޓީއެމް ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފި
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހ. މެރިން ޑްރީމްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުންނަ އޭޓީއެމްގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

ޑޮލަރު އޭޓީއެމްއެއް ވެސް ހުންނަ ސެންޓަރު ކައިރީ ހުރި ކެފޭއެއްގައި ރޯވެ މުޅި ތަން އެއްކޮށް އެނދާފައިވާއިރު ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ، ހ، ސަންލީޓް އިމާރާތަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ. 

ބީއެމްއެލުން ކުރި ޓްވީޓެއްގައި ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޭޓީއެމް ސެންޓަރު ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެެ. އެކަމަކު ކަސްޓަމަރުންނަށް މާލޭގެ އެހެން ސަރަހައްދުތަކުގައި ހުރި އޭޓީއެމްތަކުން ހިދުމަތް ލިބޭނެކަން ވެސް ފާހަގަކުރެ އެވެ. 

ބީއެމްއެލުން އިތުރަށް ބުނީ ހުޅުމާލޭގައި ހުންނަ ރެނާޓަސް އިތާ މުތް އިމާރާތުގައި ހުންނަ ސެންޓަރާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޑޮލަރު އޭޓީއެމް ސެންޓަރު މެދުވެރިކޮށް ޑޮލަރު ނެގުމާއި ޖަމާކުރެވޭނެ ކަމަށެވެ.

ރޭ 9:40 ހާއިރު ކެފޭގައި ހިނގި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދެ ގަޑިއިރެއްހާއިރުގެ މަސައްކަތުންނެވެ. މިއީ މިއަހަރުގެ މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް މާލޭގައި މިފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް