ads
ޖެނީލިއާ އާއިރިތޭޝް----
ރިތޭޝްގެ އަންހެނުން ކޮވިޑުން ރަނގަޅުވެއްޖެ
ބަތަލާ ޖެނީލިއާ ޑި ސޫޒާ، ކޮވިޑް-19 އިން ރަނގަޅުވެއްޖެ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް އެކަން އިއުލާންކޮށް ޖެނީލިއާ ބުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީގެ ތިން ހަފުތާ ކުރިން ކަމަށެވެ. އަދި އާއިލާއާ ދުރުގައި 21 ދުވަހު އުޅުމަށް ފަހު ކޮވިޑުން ނެގެޓިވްވެ އަނބުރާ ގެއަށް އައިސްފައިވާ ކަމަށް ވެސް ޖެނީލިއާ ބުނެ އެވެ.

ޖެނީލިއާ ބުނީ އައިސޮލޭޝަނުގައި އުޅުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ. އެގޮތުން ދަރިފުޅާ ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަ ދެއްކިޔަސް އެކަނިވެރިކަން އިހުސާސް ކުރެވުނު ކަމަށެވެ. 

ޖެނީލިއާއަކީ މަޝްހޫރު ތަރި، ރިތޭޝް ދެޝްމުކްގެ އަނބިމީހާ އެވެ. އުމުރުން 41 އަހަރުގެ ރިތޭޝް އާއި 33 އަހަރުގެ ޖެނީލިއާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އެދެމީހުންނަށް މިހާރު ވަނީ ދެކުދިން ލިބިފަ އެވެ.

ރިތޭޝް ވަނީ ޖެނީލިއާ އެކު ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ ތެރެ ނާލް ލަވް ހޯގަޔާ، މަސްތީ، ލައި ބާރީ، ތުޖޭ މެރީ ކަސަމް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް