ads
ކޮވިޑް ވެކްސިން
ތަައިލެންޑުގެ ކޮވިޑް ވެކްސިން ރާމާމަކުނަށް ދީގެން ކާމިޔާބުވެއްޖެ
ކޮވިޑް-19 އާ ދެކޮޅަށް ތައިލެންޑުގައި އުފެއްދި ވެކްސިން ރާމާމަކުނަށް ދީގެން ކާމިޔާބުވެއްޖެ އެވެ.

އެކަން އިއުލާނުކޮށްފައި ވަނީ ޗުލަލޮންގްކޯން ޔުނިވާސިޓީގެ ޑރ. ތިރާވަތު ހެމަޗުދާ އެވެ. އޭނާ ބުނެފައި ވަނީ ވެކްސިނުގެ ޓެސްޓުން ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށެވެ. 

ތައި ރެޑް ކްރޮސް އިމާޖިން އިންފެކްޝަސް ޑިޒީޒް ހެލްތު ސައިންސް ސެންޓަރުގެ ވެރިޔާ ޑރ. ތިރާވަތު ބުނެފައި ވަނީ އެ ވެކްސިން އުފެއްދީ ވައިރަސްގެ ޑީއެންއޭ ވަކި ހާއްސަ ވައްތަރެއްގެ ޓޮބާކޯ ލީވްސް ނުވަތަ ދުންފަތުގެ ތެރެއަށް ލައިގެން ކަމަށެވެ. 

ބެންކޮކޮ ޕޯސްޓުގައިވާ ގޮތުން ދުންފަތުން ވައިރަހުގެ ޑީއެންއޭއަށް ރެސްޕޯންޑުކޮށް، ހަފްތާއެއް ފަހުން ޕްރޮޓީން އުފައްދަން ފަށަ އެވެ. 

އެއަށްފަހު އެ ޕްރޮޓީންތައް ނަގައިގެން ވެކްސިން ތައްޔާރުކުރެ އެވެ. މިހާތަނަށް އެ ވެކްސިން ވަނީ މީދަލާއި ރާމާމަކުނުގައި ޓެސްޓުކޮށް، ކާމިޔާބުވެފަ އެވެ. ދެން އޮތް ފިޔަވަޅަކީ އިންސާނުން ބޭނުންކޮށްގެން ޓެސްޓު ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް