މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި ބައިވެރިވި ދިވެހިރާއްޖޭގެ ބައެއް ކުޅުންތެރިން ވަނީ އެކި ކެޓެގަރީތަކުން ވަނަތައް ހާސިލުކުރައްވާފައެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ "ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024" އެވޯޑް ނައިޓާއި، މުބާރާތް ނިންމުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި މުބާރާތުން އެއްވަނަ ހާސިލުކުރި ފަރާތަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި މި ހަފުލާގައި ހިދުމަތާއި ޝުކުރުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމާއި މުބާރާތް ކުރިއަށްގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާކޮށްދެއްވުން ކުރިއަށްދިޔައެވެ.
.