ads
ޒަހަމްވި މީހާ ކައިރީގައި ބަޔަކު މަޑުކޮށްގެން-- ފޮޓޯ: މައްޗަންގޮޅި ދެކުނު/ ޓްވިޓާ
ގެޔަކުން ބެރިއެއްގެ ބަޔެއް ވެއްޓި މީހަކު ޒަހަމްވެއްޖެ
މާލޭގެ ގެޔެއްގެ މަތިން ބެރިއެއްގެ ބަޔެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ބެރިއެއްގެ ބައި މަގުމައްޗަށް ވެއްޓިފައި ވަނީ މއ. ގޮމަށީގޭގެ މަތިން ކަމަށެވެ. 

މިއަދު ހެނދުނު 10:40 ހާއިރު ހިނގި އެ ހާދިސާގައި ފިރިހެނަކަށް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ލިބުނު އަނިޔާއާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ. 

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ކަމާ ގުޅުން ހުރި އިދާރާތަކާއެކު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޒަހަމްވި މީހާގެ ގައިން ގިނަ އަދަދަކަށް ލޭ މަގުމައްޗަށް ފައިބާފައި ހުއްޓެވެ. 

އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވުމުގެ މައްސަލަ މާލޭގައި ވަރަށް ބޮޑެވެ. އެފަދަ ހާދިސާއެއްގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން ހަދަމުން ދިޔަ އިމާރާތަކަށް އަރުވަމުން ދިޔަ ސިމެންތި ގޯންޏެއް ވެއްޓި، އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު 2018 ވަނަ އަހަރު މަރުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް