ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރުން ފެށިގެން އިގްތިސާދު ކުރިއަރާނެ: ފިނޭންސް މިނިސްޓަރު
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަނދަވަޅަކަށް ވެއްޓިފައިވާ ރާއްޖޭގެ އިގްތިސާދު އަންނަ އަހަރު ޔޫ ޝޭޕް ރިކަވަރީ އަކަށް ދާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ މިނިސްޓަރު އަމީރު ވިދާޅުވީ 2019 ވަނަ އަހަރުގެ ބަޖެޓު ފާސްކުރެވި ގައުމީ އުފެންދުންތެރިކަން 7.5 އިންސައްތަ ކުރިއަރާނެކަމަށް އަންދާޒާކުރެވުން ނަމަވެސް ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު 11.8 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތަށް އެކަން ދިމާވިޔަސް 2021 ވަނަ އަހަރު 11 އިންސައްތަ އާއި 17 އިންސައްތަގައި ގައުމީ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އިގްތިސާދީ މި އަނދަވަޅުން އަރައިގަތުމަށް ނެޝަނަލް ޓާސްކް ފޯސްއެއް އެކުލަވާލެވި ހަމައެކަނި ޓޫރިޒަމަށް ބަރޯސާނުވެ ރާއްޖޭގެ އިތުރު ސިނާއަތްތަކައް އިސްކަންދީގެން މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މަސްވެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން ސައުދީ ފަންޑުގެ އެހީ އާއި އިންޑީއަން އެކްޒިމް ބޭންކް އެލްއޯސީގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ދަނޑުވެރިކަން ތަރައްގީކުރުމަށްވި ވައުދު ފުއްދުމަށްޓަކައި އެގްރިކަލްޗާ ކުންފުންޏާ އެކުގައި މަސައްކަތްކޮށް ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

އަދި ރާއްޖޭގައި އިޔާދަ ކުރުވަނިވި ހަކަތަ އިތުރަށް ބޭނުންކުރަން ޖެހޭ ކަމަށް ފާހަގަކޮށް އެކަން ތަރައްގީކުރުމަށްޓަކައި 2021 ވަނަ އަހަރު މަސައްކަތްތަކެއް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އަދި އިތުރު ދިރާސާތަކެއް ކުރެވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އިތުރަށް ފައިދާ ނެރެވޭނެ ކުންފުނިތައް ފާހަގަކޮށް، އެ ކުންފުނިތަކަށް އިސްކަންދީގެން މަސައްކަތްކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ އެކު ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަންނަން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން ވެސް ފާހަގަކުރައްވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް