ads
ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ކޮވިޑް ހުއްޓުވުމަށް މީޑިއާތަކުން ހާއްސަ ކެމްޕެއިނެއް ފަށައިފި
ކޮވިޑް-19 އާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކޮށް އެ ބަލި ފެތުރުން ހުއްޓުވުމަށް ދިވެހި މީޑިއާތައް އިސް ނަގައިގެން "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި މިރޭ ކެމްޕެއިނެއް ފަށައިފި އެވެ.

އެ ކެމްޕެއިން ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. 

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި އެ ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާއި ގުޅޭގޮތުން ރާއްޖޭގެ ހަގީގީ މަންޒަރު އަދިވެސް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ. 

އަދި ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތާއި ފަތުރުވެރިކަމުގެ ސިނާއަތް ބެހިފައިވާ ގޮތަށް ބަލާއިރު ޗުއްޓީ ހޭދަކުރާ މީހުންނަށް އެންމެ ރައްކާތެރި އަދި އަމާން ގައުމަކީ ރާއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން މާލެ ފިޔަވާއި ރާއްޖޭގެ އިތުރު އެއްވެސް ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ފާހަގަކުރެއްވި އެވެ. 

ރައީސް ވަނީ އެ މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަށް ނުދެވޭ ކަމަށާއި އެހެންކަމުން އެ ކެމްޕެއިންގެ ތެރެއިން އެކަމަށް ސަމާލުވުން ވަރަށް މުހިއްމުކަން ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ރާއީސް ވިދާޅުވީ ނޫސްވެރިން އެއް އަޒުމެއްގައި ކަމެއްކުރަން ތެދުވެއްޖެނަަމަ ވަރަށް ފަސޭހައިން އެކަމެއް ހާސިލުކުރެވޭނެ ކަމަށެވެ. އެހެންކަމުން ކަންކަމުގެ ހަގީގަތް ނޯޅޭ ގޮތަށް މައުލޫމާތު ފެތުރުމަށް ރައީސް އެދިވަޑައިގަތެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ކެމްޕެއިނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އެންމެންގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ލިބިގެން. ވަކިން ހާއްސަކޮށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ބޭނުންވާނެ،" ކެމްޕެއިނަށް ސަރުކާރުގެ ފުރިހަަމަ އެއްބާރުލުން ލިބޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ. 

ޜާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާއިރު އެފަދަ ކެމްޕެއިނެއް ކުރިއަށް ގެންދަން ނިންމާފައި މިވަނީ، ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8003 އަށް އަރާފައިވާއިރު މިއަދު އެކަނި ވެސް 199 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް