ads
ފޮޓޯ: ފުލުހުން
ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބޮޔަރު ދަޅުތަކަކާއެކު އުމުރުން 18 އަހަރު ނުވާ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 17 އަހަރުގެ އެ ފިރިހެން ކުއްޖާ އާއެކު 29 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައި ވެއެވެ. 

ގަލޮޅުގެ ގެއަކުން އެމީހުން ހައްޔަރު ކުރިއިރު 240 ބިޔަރު ދަޅު ވެސް އަތުލައިގެންފައި ވެއެވެ. 

ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް