ads
މޯލްޑިވިއަންގެ ފްލައިޓެއް--
މޯލްޑިވިއަނުން ޓްރިވެންޑްރަމް ދަތުރުތައް މި މަހު 10 ގައި ފަށަނީ
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޓްރިވެންޑްރަމަށް ދަތުރުތައް ފަށާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނެފި އެވެ.

އެ އެއާލައިނުން ބުނީ ސެޕްޓެމްބަރު 10 ގައި ޓްރިވެންޑްރަމް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވާއިރު، ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 325 ޑޮލަރަށް ކަމަށެވެ. 

އެކަމާ ބެހޭ އިތުރު މައުލޫމާތު 3335544 ނުވަތަ މޯލްޑިވިއަން ހޮލިޑޭޒް ޓީމުން ލިބޭނެ ކަމަށް މޯލްިވިއަނުން ވަނީ ބުނެފަ އެވެ.

ޓްރިވެންޑްރަމަކީ ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ އަދި ޗުއްޓީ ބަންދުގައި ވެސް ގޮސް އުޅޭ ތަނެކެވެ. އޭގެ އިތުރުން މިހާރު އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ފަތުރުވެރި މާކެޓަށް ދަނީ ވަމުންނެވެ. 

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލިއިރު، ކޮވިޑް-19 ގެ ނިއު ނޯމަލްގައި ރާއްޖެއަކީ ދަތުރުކުރާ މީހުންނަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. 

އެގޮތުން އިންޑިއާއަށް ހާއްސަ ވެބިނާއެއް މިދިޔަ ޖުލައި މަހު ބާއްވާފައި ވެއެވެ. އިންޑިއާގެ 181 އައުޓްބައުންޑް ޓްރެވަލް އޮޕަރޭޓަރުން އެ ވެބިނާގައި ބައިވެރިވި އެވެ. 

ފާއިތުވި އަހަރު އިންޑިއާއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ފަތުރުވެރި މާކެޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް