ads
މަތީ އަރުތަވެރިންގެ އިނާމު ލިބުނު ދަރިވަރުންތަކެއް ރައީސް މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު ޝަފީއުއާއެކު - ފޮޓޯ: ރައީސް އޮފީސް
ހައި އެޗީވާސް އާއި ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފި އެވެ.
Advertisement

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރައީސް ދޭ ހާއްސަ ސްކޮލާޝިޕް ލިބޭ ކަމަށް އެ މިނިސްޓްރީން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން ސްކޮލާޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް ސްކޮލާޝިޕްގެ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އުސޫލުގައިވާ ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ އެވެ.

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކުން މިދިޔަ އަހަރު ޝަހާދާ ސާނަވީ އިމްތިހާނު ހެދި ދަރިވަރެއް ނަމަ، ޝަހާދާ ސާނަވީ އިމްތިހާނުން ފައިނަލް އެވްރެޖްގައި އޭ ސްޓާ ފާހެއް ހޯދައިފައިވުން އަދި އެޗްއެސްސީ ދިވެހި މާއްދާއިން އޭ ސްޓާ ފާހެއް ހޯދައިފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީއިން ފެށިގެން މަތީ ފާހެއް ހޯދައިފައިވާނަމަ ވެސް ސްކޮލަޝިޕަށް ކުރިމަތިލެވޭނެ އެވެ.

ނުވަތަ، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ސާނަވީ އިމްތިހާނުން އެއް ވަނަ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް ސްކޮލަޝިޕަށް އެދި ހުށަހެޅޭނެ އެވެ.

ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން ޖެހެނީ މިނިސްޓްރީގެ "މައި އެޑޫ" ޕޯޓަލް އިން މި އަންނަ ސެޕްޓެމްބަރު 30ގެ ކުރިންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފާއިތުވި ދެ އަހަރުގެ އޯލެވެލްއާއި އޭލެވެލް އިމްތިހާނުން އެންމެ މަތީ މާކްސް ލިބިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1800 އަށްވުރެ ގިނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް