މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެނދިކުޅުދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވަނިީ މަސައްކަތް ފުރިހަމަކޮށް ނިންމާލުމަށްޓަކައި ރަށުގެ ކައުންސިލުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު އިސާ އަދި ޒުވާނުންގެ ފަރާތުން ދިން އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.
މިނިސްޓަރު މަހްލޫފް ވިދާޅުވީ އިތުރު ރަށްރަށުގައި ވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ނިމެނެ ކަމަށެވެ.
އެގޮތުން ރ. އަލިފުށީގައި ހަދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެއަށްފަހު ލ. ގަމާއި ފުވައްމުލަކުގައި ހަދަން ނިންމާފައިވާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާނެ ކަމަށެވެ.